ރައްޔިތުންނަށް އިންތިގާލީ ވެރިކަމެއް ބޭނުން ނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ތާއީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވުމާކ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 7 ފެބްރުއަރީ 2012 ގައި ރައްޔިތުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކޮށްފަ ކަމަށާއި ދެން އަލަކުން މޮޅެއް ނުވާނެ ކަމަށެވެ.
އޭގެ އތުރުން, އަބްދުއްރަހީމް ވިދާޅުވީ ދިވެހިން އިންތިގާލީ ސަރުކާރެއް ބޭނުން ނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީއާކު ކުރިއަށްގޮސް ރައީސް ޔާމީން އަށް 2018 ޔަގީންކޮށްދޭން ކަމަށެވެ.
ނަޝީދު އިއްޔެ އާންމުކުރެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ އެއްވެސް ފޯމިއުލާއެއް ފެނިވަޑައި ނުގަންނަވާ ކަމަށާއި އެއް ޕާޓީއަކުން ނިކުމެގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
އެހެން ކަމުން މިފަދަ ހާލަތެއްގައި އަމަލު ކުރަން ޖެހޭނެ ގޮތެއް ކަމަށް ނަޝީދު ވިދާޅުވީ އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެ، އެ ކެންޑިޑޭޓަކީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރާނެ ފަރާތެއް ހެދުން ކަމަށެވެ.
ނަޝީދު ވިދާޅުވީ މިއީ އެމަނިކުފާނުގެ އަމިއްލަ ހިޔާލުފުޅު ކަމަށާއި އެމްޑީޕީ އިން ވެސް އެކަމާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެމަނިކިފާނާ ހިޔާލުތައް ހިއްސާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުން އިންތިގާލީ ވެރިކަމެއް ބޭނުމެއްނުވޭ, ބޭނުމީ ތަރައްޤީ - އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ