ބިލެއްފަށްސަށް ވަގުތީ ގޮތުން ކަރަންޓް ދީފި

ށ. ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެ އަނދާހުލިވުމާއި ގުޅިގެން މެދުކެނޑިފައިވާ ކަރަންޓްގެ ޚިދުމަތް ވަގުތީގޮތުން ދޭން ފަށައިފިއެވެ.
ބިލެއްފައްސަށް ކަަރަންޓްގެ ޚިދުމަތްދޭން ފެށުނީ ރޭ 00:15 އެހާކަންހާއިރުއެވެ. އެ ރަށަށް ކަރަންޓުގެ ހިދުމަތް ދީފައިވަނީ އެ އަތޮޅު ފޭދޫއިން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ގެންގޮސްގެނެވެ.
ކަރަންޓްގެ ޚިދުމަތް ވަގުތީގޮތުން ބިލެއްފައްސަށް ދޭން ފަށާފައިވާއިރު މިއަދުގެ ވަގުތެއްގައި ވަގުތީ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ކުރާނެކަމަށް ފެނަކައިން ވިދާޅުވިއެވެ.
އިންޖީނުގެ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު މިކަން ހިނގަން މެދުވެރިވި ސަބަބު ބެލުމަށް އެމްއެންޑީއެފް އާއި ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.
އިންޖީނުގޭގައި ރޯވީ އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ކަމަށް ބިލެތްފަހިން ވާހަކަދެއްކި މީހަކު މައުލޫމާތު ދެއެވެ.
ބިލެތްފައްސަކީ އާބާދީގައި 700 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ