ސޮފްވާނަށް ރައީސް މައުމޫނު އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ފުލުހުން ބަލަމުންދާ މައްސަލަ އެއްގައި ހޯދާ ނުފެނި، އަދި އިންޓަލޯޕްގެ އެހީއަށް އެދިފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް މ.ހިމްމިޔާ، އަހްމަދު ސޮފްވާނަށް ރައީސް މައުމޫނު އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސޮފްވާނުގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވާކަމަށާއި ސޮފްވާނަށާއި އާއިލާއަށް ދުޅަހެޔޮ ސިއްހަތެއް ދެއްވުމަށް އެދޭ ކަމުގައެވެ.Happy birthday @asofwan2003 May you & your family have good health & happiness today & in the days to come!— Maumoon Abdul Gayoom (@maumoonagayoom) August 10, 2017ސޮފްވާން ހޯދާއި ނުފެނު ނު ނަމަވެސް ސޮފްވާނުގެ މައްޗަށް ކުރާ ތުހުމަތުގެ ދައުވާ މިހާރުވަނީ އުފުލާފައެވެ.
ސޮފްވާންގެ މައްޗަށް ދައުވާކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަމަލީ ގޮތުން ތުހުމަތު ކުރެވޭ އޭނާ ތަހުގީގަށް ހާޒިރުވުމަށް އެންގުމުން ޗިޓަށް ހާޒިރުނުވި މައްސަލައިގައިއެވެ.
ފުލުހުން ބުނީ ބަލަމުންދާ މައްސަލަޔަކާއި ގުޅިގެން ސޮފްވާން ހޯދުމަށް މަސައްކަތްކޮށް އޭނާ ނުފެނުމުން އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާނެ ކަމުގައެވެ.
ފުލުހުން ބުނީ އިންޓަޕޯލް މެދުވެރިކޮށް ސޮފްވާން ހޯދުމަށް އެދިފައިވާއިރު އޭނާގެ ޕާސްޕޯޓްވެސް މިހާރުވަނީ ކެންސަލް ކުރެވިފައި ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ