ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީ ޕީޕީއެމްއިން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުން ހުސައިން ޝަހުދީ ޕީޕީއެމުން ވަކިވެ ވަޑައިގެންފި އެވެ.
ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްއަށް ޝަހުދީ ސިޓީ ފޮނުއްވާފައިވަނީ މިއަދު އެވެ.
ޝަހުދީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު މައްސަލާގައި ސޮއި ކުރެއްވި 45 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެންބަރެކެވެ.
ޝަހުދީގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުވެސްވަނީ ދާދިފަހުން ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލަތީފުއާއި ޝަހުދީއާއި އެކު ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ