މިއަދު ސްޕްރީމް ކޯޓުން ކުރި ހުކުމާއި އެކު މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފުކަމަށް ރައީސް މައުމޫނުގެ ދަރިލަކުން ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ ހަތަރު މެމްބަރުންގެ ގޮނޑިއާއި ގުޅޭގޮތުން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.13 July 2017 ge kurin hingaafaivaa kamakaai gulhigen MPs ge gondieh nugelleyne kamah. Varah saafu. Alhamdhulillaahi! pic.twitter.com/CGRaa0DZeZ— Yumna Maumoon (@yumna_maumoon) August 27, 2017ޔުމްނާ ވިދާޅުވީ 13 ޖުލައި 2017 ގެ ކުރިން ޕާޓީން ވަކިވެފައިވާ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުގެ ހުކުމުން ސާފުކޮށް އެނގޭ ކަމުގައެވެ.
ދިއްދޫ ރާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުމަކީ ބަތިލް ނިމްމުމެއްކަމަށާއި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުމަށް ސްޕްރީމް ކޯޓަށް ހަތަރު މެމްބަރުން ވަކިވަކިން ހުށައެޅި މައްސަލައިގައި ނެރެފައިވާ ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި އިތުރަށް ނިންމާފައިވާ ނިންމުނާއި މެދު އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސްޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމުގައި ބުނެފައިވެވެ.
ނަމަވެސް މިމައްސަލާގައި މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމެއް ނުވަތަ ނޫންކަމެއްވެސް ސާފު ބަހުން ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގައި ކަނޑައަޅާފައެއް ނުވެއެވެ.
މިމައްސަލާގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ކޯޓްގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަމުގައެވެ.
އަދި އެ ހުކުމުގައި އެ އަހުކާމްތައް އިތުރަށް ކަށަވަރުކޮށްދީފައިވާނެކަމާއި ވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީބުވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް ސްޕްރީމް ކޯޓުން މިރޭ ނެގުނު ހުކުމުގައި ބުނެފައިވެއެވެ.
އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއްކަމަށާއި އެހެންކަމުން އެ މައުޟޫއާ ގުޅޭ ގޮތުން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށްވެސް ސްޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވެއެވެ.
މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ: ޔުމްނާ މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ