ތަޅުއެޅުވިފައިވަނީ ޤާނޫނު އަސާސީގައި ނޫންކަމަށާއި ތަޅުއެޅުވިފައި ހުއްޓަ ފެނުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ދުސްތޫރީ އޮނިގަނޑު އޮތީ "ޑެޑްލޮކް" އަކަށް ކަމަށް ކަމަށާއި ދުސްތޫރީ ހިންގުން ބައްޓަންވެފައިވާ ގޮތުން ސަރުކާރުގެ މަސައްކަތަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭނޭ ފަދަ މަގުތަކެއް ނުވަތަ ފުރުސަތުތަކެއް ދުސްތޫރީ އޮނިގަނޑުގައި ފަހިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން މިނިވަން ދުވަހުގެ ހިތާބުގައި ދެއްކެވި ވާހަކަތަކަށް ރޭ ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ރައީސް މައުމޫނު ވިދާޅުވީ ފެހި ޤާނޫނު އަސާސީ އެކުލަވާލާފައިވަނީ އިންތަކާއި މިންތަކެއް ކަނޑައެޅިގެން ކަމުގައެވެ. އަދި އެއީ ޤާނޫނު އަސާސީގެ ތަޅު އެޅުވިފައި ވުންކަމަށް އެއްވެސް ބޭފުޅަކަށް ވިދާޅު ނުވެވޭނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ފޮޓޯތަކުންވެސް ފެނިވަޑައިގެންނެވީ ގާނޫނު އަސާސީގައި ތަޅުއެޅުވިފައިވާތަން ނޫންކަމަށާއި"މަޖިލީހުގެ އިދާރާގައި" ތަޅުއެޅުވިފައިވާ ތަން ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ބައެއް ބޭފުޅުންނަކީ ބޮލުގައި "ސިކުނޑި ވައަތަށް" އެޅުވިފައިވާ ބޭފުޅުންކަމަށް މިސްރު މީހުން ބުނަނީ އާއްމު ބުއްދި ގަބޫލު ނުކުރާ ގޮތްތޮތަށް އެބޭފުޅުންގެ ވިސްނުން ހުންނާތީ ކަމުގައެވެ. އަދި ފަހަރެއްގައި ބައެއް ކަންކަން ބައެއް ބޭފުޅުން ވިދާޅުވާގޮތައް ނުވަތަ ބައެއް ކަންކަން ހިނގާގޮތް އެމަނިކުފާނަށް ގަބޫލު ނުކުރެއްވެނީ އެގޮތަށް ވުމުންކަމަށް ވެދާނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި ޤައުމުގެ ވަލީއުލް އަމްރޭ ވިދާޅުވެ ބައެއް ބޭފުޅުން ވާހަކަ ދައްކަވާއިރު "ވަލީއުލް އަމްރު"ގެ މަހްފޫމަކީ މާކުރީގެ ބޯދާ މަހްފޫމެއްކަމަށާއި އެއީ ޤާނޫނު އަސާސީއާއި ގާނޫނުތައް ނުހުންނަ އިރު ކަންކަމާއި ހަވާލުވެތިބޭ ބަޔަކަށް ނިސްބަތްކުރެވޭ މަހްފޫމެއްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ވަލީއުލްއަމްރަކީ ޤާނޫނު އަސާސީކަމަށާއި އެހެން ވަލީއުލްއަމްރެއް ނުހުންނާނެ ކަމުގައެވެ.
ތަޅުއެޅުވުނީ ޤާނޫނު އަސާސީއަކު ނޫން، މަޖިލީހުގައި: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ