ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސް ވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބޭނުންފުޅުވި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމާއި އިތުރު ދެ ބޭފުޅުންނަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ގާސިމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމަށް ބޭނުންކުރި ބީއެމްއެލްގެ އެކައުންޓެއްގެ މައުލުމާތު ފަޅާ އަރުވައިލި ބޭފުޅާ އެވެ. އެ މައްސަލައިގައި އޭނާއަށް ދޮޅު އަހަރުގެ ޖަލު ހުކުމެއްވެސް އައެވެ.
އެންއައިސީއަށް އައްޔަނުކުރުމަށް މިއަދު މަޖިލީހުން ރުހުންދީފައިވަނީ ގާސިމުގެ އިތުރުން އާމިނަތު ޝާދިޔާ އާއި އަލްއުސްތާޛާ އާމިނަތު ޝިއުނާ އާއި އަލްއުސްތާޛު ޝުއައިބު އަބްދުއްރަހުމާން އަށެވެ.
އެ ހުރިހާ ބޭފުޅުންނަށްވެސް ރުހުންދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި މިހާރު ހުންނަވަނީ ދާދި ފަހުން މެމްބަރަކަށް އައްޔަން ކުރެއްވި އަހްމަދު ޖިހާދު އެކަންޏެވެ.
އެންއައިސީގެ މެމްބަރުކަމަށް ގާސިމް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ