މޫސުން ގޯސްވާނެ، ހއ. އިން ތ. އަތޮޅަށް ހުދު ސަމާލު

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ.
މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް (މެޓް އޮފީސް) އިން ވަނީ މި ސަރަޙައްދުތަކަށް މިއަދު ފަތިހު 5:00 އިން ހެނދުނުގެ 10:00 އަށް ހުދު ސަމާލު ނެރެފައި އެވެ.
މި ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ވައިގަދަވާނެ ކަމަށެވެ. އަދި ވިލާ ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކުރަށްވާފައި އެވެ.
މި ހުދު ސަމާލުގައި މެޓް އޮފީހުން ލަފާކުރަށްވާފައި ވަނީ ހުދު ސަމާލުގެ ވަގުތުގައި އެ ސަރަޙައްދު ތަކަށް 19 މޭލާއި 24 މޭލާއި ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ.
މީގެއިތުރުން މި ސަރަޙައްދުތަކުގެ ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އޮފީހުން މި ސަމާލުގައި ލަފާ ކުރަށްވާފައި ވެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ