މަޖީދިއްޔާ ސްކޫލް ޕްރައިމަރީ ކުދިންގެ ސައިންސް އެކްސްޕޯ ފަށައިފި

މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ޕްރައިމަރީ ކުދިންގެ ސައިންސް އެކްސްޕޯ ފަށައިފިއެވެ.
މިއަދު ހަވީރު ފެށި މި އެކްސްޕޯ ހުޅުއްވައިދެއްވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިސްމާޢީލް އާސިފެވެ. މި އެކްސްޕޯ ކުރިއަށްގެންދަނީ މިއަދުން ފެށިގެން މާދާމަގެ ނިޔަލަށް މަޖީދިއްޔާ ސްކޫލްގައެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސައިންސް އެކްސްޕޯގައި ޖުމްލަ 693 ދަރިވަރުން ބައިވެރިވެފައިވެއެވެ. img:http://s4.psmnews.mv/images/660x400/14764604895609.jpg|މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ޕްރައިމަރީ ކުދިންގެ ސައިންސް އެކްސްޕޯގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
މި އެކްސްޕޯއާ ގުޅޭގޮތުން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު ޒަމީރު އަޙްމަދު ވިދާޅުވީ ޕްރައިމަރީ ކުދިންނަށް މިކަހަލަ އެކްސްޕޯއެއް ބޭއްވުމުގެ ބޭނުމަކީ އެކުދިން ސްކޫލުގައި ކިޔަވަމުންދާ އެއްޗެއް އެނގިފައި ހުރި މިންވަރު ޢަމަލީ ގޮތުން އެކުދިންނަށް ދައްކުވައިދެވެނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ.
ޒަމީރު ވިދާޅުވީ އަންނަ އަހަރު ޕްރައިމެރީ ސައިންސް އެކްސްޕޯގެ އިތުރުން ސެކަންޑަރީ އެކްސްޕޯއެއްވެސް ބާއްވާނެ ކަމަށެވެ. މި އެކްސްޕޯގައި ބައިވެރިވި ދަރިވަރުން އެކުދިން ތައްޔާރު ކޮށްފައިވާ ތަކެތި މަސައްކަތްކުރާ ގޮތް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރިއެވެ.
މިއެކްސްޕޯ ކުރިއަށްދާނީ އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ކަމަށް މަޖީދިއްޔާ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ