ހުރުމަތް ކެނޑި ކަމަށް ބުނެ މައުމޫން ފެކްޝަނުގެ އަލީމް ކޯޓަށް ހާޒިރު ކުރަނީ

ޕީޕީއެމްގެ ކުރޫގެ ރައީސް މައުމޫން ފެކްޝަނުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށްބުނެ އެ ފެކްޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމް ސިވިލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
އަލީމް މާދަމާ ސިވިލް ކޯޓަށް ހާޒިރު ވާން އަންގާފައިވަނީ ޕީޕީއެމް ހިންގުމުގެ ބާރު އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިން އަށް ކޯޓުން ދެއްވާފައި ވަނިކޮށް، އެ ހުކުމާ ހިލާފަށް ހަރަކާތްތައް ހިންގަމުން ދާތީއެވެ. އަދި އެއީ ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
ރާއީސް ޔާމިން އާ ޕީޕީއެމް ހަވާލުކޮށްފައިވާ ކަމަށް ކޯޓުން ހުކުމް ކުރި ނަމަވެސް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ދަނީ އެ ހުކުމަށް ތަބާނުވެ ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ވަކި ސްލޫކީ ކޮމެޓީއެއް ހަދައި، މެމްބަރުން ވަކި ކުރަމުން ކަމަށާއި އެ ހަރަކާތް ތަކަކީ ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް ކަމަށް، އަލީމަށް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސް ޔާމިން އަށް ދެއްވުމުން އެ ހުކުމަކީ ގާނޫނާ ހިލާފް ހުކުމެއް ކަމަށްބުނެ ކުރީގެ ރައީސް މައުމޫން ވަނީ ދައުވާ ވެސް ކޮށްފައެވެ. އެހެންނަމަވެސް އެ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ހައި ކޯޓުން އަދި ސްޕްރީމް ކޯޓުން ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ