ނަޝީދާއި ގާސިމް ބައްދަލުކުރައްވަނީ
މާމިގިލީ ދާއިރާ އަށް އަލުން އިންތިޚާބުވެފައިވާ މެމްބަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާ ބައްދަލުކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ރައީސް ނަޝީދު ވަނީ މީގެ އިރުކޮޅެއް ކުރިން ގާސިމްގެ ގެ މާފަންނުވިލާ އަށް ވަޑައިގެންފަ އެވެ.ނަޝީދާ ބައްދަލުކުރައްވާ އިރު ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފަ އެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމުން ވެސް މަޖިލީހުގެ ރައީސްގެ މަގާމް ބޭނުންވެ އެވެ.ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު މިއަދު ނިންމާލާފައި ވާއިރު 18 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަންނަ މަހު 28 ގައި ބާއްވާނެ އެވެ. މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮވުން އެ ޖަލްސާގައި އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ