ރާބިތާގެ އިސް ވެރިއަކު މައުމޫން އަރިހަށް އިހްތިޒާމުގެ ޒިޔާތެއްކުރައްވައިފި

ރާބިތަތުލް އާލަމިލް އިސްލާމީގެ ފަރާތުން ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ އެންމެ އިސްވެރިޔާ ޝައިޚް ފަހުދު މުހަންމަދު އަލް ހަރްބީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރެއް މިއަދު ކުރައްވައިފި އެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުކުރެއްވުމުގައި ރާބިތާގެ މާލޭ އޮފީހުގެ މުދީރު އަބޫބަކުރު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި މައުމޫން ދެއްކެވި ވާހަކަފުޅުގައި ރާބިތާ އިން އެމަނިކުފާނާ މެދު ބަހައްޓަވާ ގާތްކަމާއި ރާއްޖެ އަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ރާބިތާގެ އިސް ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ޝައިހް ފަހުދު މުހަންމަދު އަލް ހަރްބީ ދެއްކެވި ވާހަކަފުޅުގައި މައުމޫނަކީ 28 އަހަރު ވަންދެން ރާބިތާގެ ތައުސީސީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ރާބިތާގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންދެއްވައި، ހުރިހާ ކަމެއްގައި ވެސް އެމަނިކުފާނުގެ ޚިޔާލުފުޅާއި މަޝްވަރާ ދެއްވާ ބޭފުޅަކަށްވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ