ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުއްލިގޮތަކަށް ހައްޔަރުކުރުމާއި ގުޅިގެން ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ އދ މާމިގިލި އަދި ފެންފުށީގައި މުޒާހަރާކޮށްފިއެވެ.
މިއަދު ހަވީރު އެދެރަށުގައި ގިނަ އަދަދެއްގެ އާންމުން ވަނީ މުޒާހަރާކޮށް ވަގުތުން ވަގުތަށް ގާސިމް އިބްރާހިމް މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައެވެ.
ޖުމްހޫރީ ޕާޓީއާއި ގާސިމް އިބްރާހިމަށް ހެޔޮއެދޭ ފަރާތްތަކުން ކުރިއަށްގެންދިޔަ މި މުޒާހަރާއާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފެންފުށީގައި މުޒާހަރާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވީ ސުލަހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ފެންފުށީގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ރައްޔިތުން ތިބިކަން ހާމަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރަށް ގާސިމް އިބްރާހިމް ވަގުތުން މިނިވަންކޮށް ދޫކޮށްލުމާއި، ސިޔާސީ ބޭނުމުގައި އެމަނިކުފާނުގެ ވިޔަފާރިއަށް މިސަރުކާރުން ދެމުންގެންދާ ގެއްލުންތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވާ ކަމަށެވެ.
އަދި ރައްޔިތުންގެ ހައްގުގައި ގާސިމް މަސައްކަތްކުރައްވާ ކޮންމެ ދަނޑިވަޅެއްގައި ސަރުކާރުން ގާސިމް ޖެއްސުންކޮށް އަނިޔާދެމުންދާދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެ ރައްޔިތުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރަށް އަނިޔާވެރިކަން ހުއްޓާލާ ނުހައްގުން އަނިޔާދެމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބުދުﷲ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި، އެހެންވެސް ސިޔާސީ ބޭފުޅުން ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.
ގާސިމް އިބްރާހިމް ވަގުތުން މިނިވަންކުރުމަށް މާމިގިއްޔާއި ފެންފުށިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ