އިންތިހާބުގައި ހޯދި ކާމިޔާބީއަށް ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހަތަރު ޕާޓީ ގުޅިގެން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.Congratulations to the 4-party alliance on its amazing victory in the local council elections yesterday. Nation first!— Maumoon Abdul Gayoom (@maumoonagayoom) May 7, 2017
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަމުންދާއިރު މާލޭ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ގެއްލިފައިވަނީ އެޕާޓީން ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ކެންޑިޑޭޓަށް ތާއީދުކުރި ކެންޑިޑޭޓުގެ ދާއިރާއެވެ.
އޭގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ވަގުތީ ނަތީޖާއިން އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.
ވަގުތީ ނަތީޖާއިން ތިން މެންބަރުން ތިއްބަވާ ފުވައްމުލަކު ސިޓީ ކައުންސިލުގެ މެދު ދާއިރާއާއި ދެކުނު ދާއިރާގެ ގޮނޑި
ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. އިރު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓެވެ.
މިހާތަނަށް ގުނާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުގައި ޕާޓީތަކަށް ޖުމްލަ ލިބިފައިވާ ވޯޓްގެ އަދަދު:
އެމްޑީޕީ: 107،467 ވޯޓް
ޕީޕީއެމް: 59،741 ވޯޓް
މިނިވަން ކެނޑިޑޭޓުން: 30،634 ވޯޓް
އެމްޑީއޭ: 6،541 ވޯޓް
ޖޭޕީ: 7،607 ވޯޓް
ޑީއާރުޕީ: 163 ވޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ