ލޯކަލް ކައުންސިލްގެ އިންތިހާބުގެ ހެންވޭރު އުތުރުގެ ދާއިރާގެ ގޮނޑި ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަށް ޔަގީންވެޖެއެވެ.
ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަށް މި ގޮނޑި ޔަގީންވެފައިވަނީ އެމްޑީޕީގެ ފަރާތުން ހެންވޭރު އުުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހ.ސެމޯއާ ހަމްޒާ ހަސަން, އެ ދާއިރާއަށް ކުރިމަތިލައްވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް ހ. އިސްފަހާން މުހައްމަދު ފިޝާވީން ސަލީމްއަށް ތާއީދު ކުރައްވަން ނިންމެވުމުންނެވެ.
ފިޝާވީން އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީ ފިޔަވައި އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީއަކުން ވެސް އަދި އަމިއްލަ ކެންޑިޑޭޓަކު ވެސް އެ ދާއިރާއަށް ކުރިމައްޗެއް ނުލައްވަ އެވެ.
ހެންވޭރު އުތުރުގެ ދާއިރާގެ ކައުންސިލް ގޮނޑި ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަށް ޔަގީންވެޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ