މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ އަންގާރަ ދުވަހަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިންމާލައި، ދެ ފަރާތުގެ ހުލާސާ ބަޔާން ވަނީ އިއްވައިފަ އެވެ.
ޕީޕީއެމުން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ހަތަރު ހަފުތާއަށް ފަސްކޮށްދިނުމުގެ އަމުރަކަށެވެ. އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނަށާއި ދައުވާކުރާ ޕީޕީއެމަށް ވެސް ޚުލާސާކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ވާއިރު އާންމު ގޮތެއްގައި ޚުލާސާ ބަޔާންތަކަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަނީ ހުކުމް އިއްވުމެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލަ ތާވަލްކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.
ޕީޕީއެމުން ހުށަހެޅި މައްސަލަ ތާވަލްކޮށްފައިވާއިރު އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް ދިނުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލަ މާދަމާއަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލައިގައި ވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވަނީ ހުރިހާ ފަރާތަކުން ވެސް ޚުލާސާކޮށް ވާހަކަ ދައްކައި ނިންމައިފަ އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ އެ ކޯޓުގައި އޮތުމުން އިންތިޚާބުގެ ދެ ވަނަ ބުރު ފަސްކޮށްފައިވާއިރު އެކަމާ ގުޅިގެން ހަމަނުޖެހުންތައް ދަނީ އުފެދެމުންނެވެ. އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް އަންނަނީ ދެ ވަނަ ބުރު އަވަސްކުރުމަށް ބާރު އަޅަމުންނެވެ.
ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ