ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކިކުރުމާ ގުޅޭ ކުއްލި ބައްދަލުވުމެއް ދަރުބާރުގޭގައި މިހާރު ކުރިއަށް އެބަދެ އެވެ.
މިހާރު ކުރިއަށްދާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ރައީސް ކަމުން މައުމޫން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން، އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން މަސައްކަތް ކުރައްވަން ނިންމެވުމަކީ "ފަނާކުރަނިވި" ފިކުރަށް އެއްބާރުލުން ދެއްވުން ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޕާޓީ ހިންގުމުގެ އެންމެ އިސްވެރިއަކީ އެ ޕާޓީގެ ރައީސެވެ. ނަމަވެސް މައުމޫން އަދާކުރައްވަމުން ގެންދެވި ހުރިހާ ބާރުތަކެއް ކޯޓް މެދުވެރިކޮށް ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.
ޕީޕީއެމް ދެ ބައިވެ ދެ ފެކްޝަނެއް އުފެދި މިހާރު ދެ ފެކްޝަނަކީ ދެ ފިކުރުގެ ދެ ފެކްޝަނަށް ވަނީ ވެފައެވެ.
މި ދަނޑިވަޅަކީ ރައީސް މައުމުނު މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށާއި ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާޓްތަކާއި އެކު ބައިއަތު ހިފާފައިވާ ދަނޑިވަޅެކެވެ.
ޕީޕީއެމްގެ ރައީސް ކަމުން މައުމޫނު ވަކިކުރުމަށް ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ