ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ މައްސަލަތަކާ ގުޅުން ހުރި ކަންކަމުގެ މައުލޫމާތު ލިބުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރިޔާސީ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނާ ގުޅުން ހުރި ކަންކަމުގެ މައުލޫމާތު ހޯދަން ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެދުމުން އެކަމަށް އެއްބާރުލުން ލިބިފައި ނެތް ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން ރިކްއެސްޓް ކުރުމުން އެ މައްސަލައެއް ލިބޭ ގޮތް ވަނީ ހަމަޖެހިފައި. މިހާރުގެ ސަރުކާރުން އެކަން ހަމަޖައްސައިދެއްވީ ވަރަށް ފަހުން. އެހެންވީމާ އަޅުގަނޑުމެން އެކަމާއިގެން ކުރިއަށް ދާނަން،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ރިޔާސީ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލަތަކުގެ ތެރޭގައި އެ ކޮމިޝަނުން ބަލާ ބައެއް އޮޑިޓް ރިޕޯޓްތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލަ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ބެލި މައްސަލަތައް އޭސީސީ އަށް ލިބޭ ގޮތް ވެއްޖެ: ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ