ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި އުދިނޭސީގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދާ އިޓާލިއަން ކަޕްގެ ފައިނަލަށް ފިއޮރެންޓީނާ ދަތުރުކޮށްފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް 1-2 އިން ކާމިޔާބުކޮށްފައިވަނީ އުދިނޭސީއެވެ.އެހެންކަމުން ފިއޮރެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 14 ވަނަ މިނެޓްގައި މެނުއަލް ޕަސްކުއަލްއެވެ. އަދި އެޓީމުގެ ދެވަނަ ގޯލް މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯއެވެ. އަދި މި މެޗުގެ އެންމެ ފަހު މިނެޓްގައި އުދިނޭސީގެ އަގީމެންގް ބަޑޫއަށާއި ޑޮމިޒީއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މިއީ ފިއޮރެންޓީނާ 1992 ވަނަ އަހަރަށް ފަހު އިޓާލިއަން ކަޕްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަނގަކޮށްލަންޖެހެއެވެ.
މި މުބާރާތުގެ ފައިނަލްގައި ފިއޮރެންޓީނާ ބައްދަލުކުރަން ޖެހޭނީ ރޯމާ އާއި ނަޕޯލީ މިރޭ ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމް ރޯމާގެ ދަނޑުގައި ކުޅުނު މެޗް 0-1 އިން ކާމިޔާބުކޮށްފައިވަނީ ރޯމާއެވެ.
ނަޕޯލީގެ ދަނޑުގައި މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް ފަށާނީ މިރޭ ރާއްޖެގަޑިން 00:45 ގައެވެ.
އުދިނޭސީގެ މައްޗަށް ކުރި ހޯދާ ފިއޮރެންޓީނާ އިޓާލިއަން ކަޕްގެ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ