ހަވީރު ނޫސް ވިއްކާލަން ނިންމައިފި

ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން މެދު ނުކެނޑި ކިޔުންތެރިންނާއި ހަމައަށް ހަބަރު ގެނެސްދެމުން ގެންދިޔަ ހަވީރު ނޫސް ވިއްކާލަން ނިންމައިފި އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ހަވީރު ނޫހުގެ މަސްއޫލުވެރިޔާ ޑރ.ޒާހިރު ހުސެއިން ވަނީ ހަވީރުގެ ސީނިއާ މެނޭޖްމަންޓާއި ބައްދަލުކޮށް އެމައުލޫމާތު ހިއްސާކޮށްފައެވެ.
މިކަމާއި ގުޅިގެން ހަވީރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. ނަމަވެސް ހަވީރު ނޫހުގެ ބައެއް ނޫސްވެރިން ވަނީ ހަވީރު ވިއްކާލަން އެތަނުގެ ވެރިޔާ ނިންމެވިކަން އެނޫސްވެރިންގެ ޓުވިޓާގައި ހާމަކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ހަވީރު ވިއްކާލަނީ އެތަނުގެ ހުރިހާ މުދަލަކާއި މުވައްޒަފުން ވެސް ހިމެނޭ ގޮތަށެވެ.
ހަވީރު ނޫސް ވިއްކާލާ ފަރާތެއް މިހާތަނަށް ކަށަވަރުނުވި ކަމުގައިވިޔަސް ހަވީރު ނޫސް ގަންނަނީ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީއަށް ފައިސާ ހަރަދކުރާ ފަރާތަކުން ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
ހަވީރު ނޫސް އެންމެ ފުރަތަމަ ނެރެން ފެށީ މީގެ 34 އަހަރު ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ