ވިހެއުމުގެ ތެރޭގައި މަރުވި ތުއްތު ކުއްޖާގެ ބޯ ބުރިކޮށްލި މައްސަލާގައި ދައުވާކުރެވޭނެ ކަމަށް ކޯޓުން ނިންމައިފި

އައިޖީއެމް ހޮސްޕިޓާ އެތެރެ | ފޮޓޯ: ހަވީރުވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖަކު މަރުވެ އެ ކުއްޖާގެ ބޯ ބުރިކޮށްލައިގެން ނެގި މައްސަލާގައި، އެ ކުއްޖާ ވިއްސުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި މާލޭ ހެލްތް ކޯޕަރޭޝަންގެ މައްޗަށް ކުރި ދައުވާ ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.އެ މައްސަލަ އާއި ބެހޭ ގޮތުން ދައުވާލިބޭ ޑޮކްޓަރުންނާއި މާލޭ ހެލްތް ސާވިސް ކޯޕަރޭޝަނުން ނެގި އިޖްރާއީ ނުކުތާގައި ބުނެފައިވަނީ ތުއްތު ކުއްޖާ މަރުވުމުން ބޯ ބުރިކޮށްލައިގެން ނެގި މައްސަލަ ބެލުމަށްފަހު އެކަމުގައި އިހުމާލެއް ނެތް ކަމަށް މެޑިކަލް ކައުންސިލުން ނިންމާފައިވާތީ އެ ދައުވާ ނުކުރެވޭނެ ކަމަށެވެ.މިކަމާ ގުޅިގެން ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ކައުންސިލްގެ ނިންމުން ރަނގަޅު ނޫން ކަމަށް ފެންނަ ނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށާ ސިއްހީ ހިދުމަތް ދިނުމުގައި ބަޔަކު އިހުމާލުވެފައިވާ ކަމަށް ބުނެ ދައުވާއެއް ކުރެވެނީ އެ ބަޔަކު އިހުމާލުވެފައިވާ ކަމަށް ދައުލަތުގެ އެހެން އިދާރާއަކުން ނިންމުމުން އެކަނި ކަމުގައި ބަލަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.މީގެ އިތުރުން ޑޮކްޓަރުންގެ ފަރާތުން ނެގި ނުކުތާގައި އެ މީހުން އެމީހުންގެ ވަޒީފާ އަދާކުރުމުގެ ތެރޭގައި ކުރާ ކަމަކާ ގުޅިގެން އެ މީހުންގެ މައްޗަށް ފަރުދީގޮތުން ދައުވާ ނުކުރެވޭނެ ކަމަށް ބުނެފައި ވީނަމަވެސް ކޯޓުން ނިންމާފައިވަނީ އެ ދައުވާ އެގޮތުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.މި މައްސަލާގައި އެ ކުއްޖާގެ މައިންބަފައިން ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ އެކަމުން ލިބުނު ހުރިހާ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ