ސާފް ޗެމްޕިއަންޝިޕް ރާއްޖެ އާއި ނޭޕާލު 1- 1 އިން އެއްވަރުވެއްޖެ

1355
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ނޭޕާލާ ބައްދަލުކޮށް 1- 1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
1532
ނޭޕާލުގެ ޖުމާނު ރާއީ ބޮލުން ޖަހާ ލަނޑެއް ޖަހައިގެން 1- 1 އިން އެއްވަރުކޮށްފި އެވެ.
1526
ދެ ވަނަ ހާފުގެ 15 ވަނަ މިނިޓްގައި ޓީކިލޯ ނެގި ހުރަހެއް އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ކީޕަރު ކަޓުވާލާފައި ގޯލަށް ވައްދާލައިގެން ނޭޕާލުގެ މައްޗަށް ކުރި ހޯދައިފި އެވެ. މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދި ދިޔަ ފުރަތަމަ ހާފަށް ފަހު ޓޮމްގެ މި ލަނޑާ އެކު ރާއްޖެ އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
1450
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި މާ ރަނގަޅު ހަމަލާތަކެއް ނުދެވި ހާފު ނިންމާލައިފި އެވެ.
ތަށި ދިފާއުކުރުމުގެ މަސައްކަތަށް ނުކުތް ރާއްޖޭގެ ޓީމުން ފުރަތަމަ ހާފުގެ ބޮޑު ބައިގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނަސް، މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެ، ނޭޕާލުގެ ގޯލަށް ބޯޅަ ފޮނުވާލެވިފައެއް ނުވެ އެވެ. އެކަމަކު މިޑްފީލްޑަރު އަހުމަދު އާރިފް (ބަކާ) ފުރަތަމަ ހާފުގައި ބޮލުން ފޮނުވާލި ބޯޅަ އާއި އަހުމަދު ތޯރިގު (ޓޮމް) ގެ ހުރަހެއްގައި ގޯލު ކުރިމަތިން ވެއްޓިފައި އިބްރާހިމް ފަޒީލް (އޮއްޕޮ) ފޮނުވާލި ހަމަލާ ނުރައްކާވި އެވެ. ބަކާގެ ބޯޅަ ގޯލުގެ އަރިމަތިން ބޭރަށް ދިޔަ އިރު އޮއްޕަގެ ހަމަލާ ނޭޕާލުގެ ކީޕަރު މަތަކުރީ އެވެ. އޭގެ އިތުރުން ނޭޕާލުން ވެސް ރާއްޖޭގެ ގޯލަށް ދެ ހަމަލާއެއް ފޮނުވާލާފައިވެ އެވެ.
ފުރަތަމަ ހާފުގައި ބޮޑަށް ފާހަގަކުރެވުނީ މެދުތެރެއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވާ ފަދަ ބޯޅަތަކެއް ފޯރުކޮށްދެވިފައި ނުވާކަމެވެ. ހާއްސަކޮށް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުސްވިޔަ ނުދިނުމަށް ނޭޕާލުގެ ދެ ކުޅުންތެރިން ސަމާލުކަން ދިންލެއް ރަނގަޅުކަމުން އޭނާ އަށް މާ މޮޅު ކުޅުމެއް ދެއްކޭވަރެއް ވެސް ފުރަތަމަ ހާފުގައި ނުވި އެވެ.
1355
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށް ނޭޕާލާ އެކު މިހާރު ވަނީ ދަނޑަށް އަރަން ތައްޔާރުވެފަ އެވެ. މިއީ ޖޫން ،14 2008 ގައި ސްރީ ލަންކާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިއާ 1- 0 އިން ބަލިކޮށް ހޯދި ތަށި ދިފާއުކުރުމަށް ރާއްޖެ ކުރިމަތިލާ ފުރަމަ މެޗެވެ. މެޗަށް ނުކުންނަ އިރު ކެޕްޓަނަކީ މިދިއަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު މިއަދު 00: 2 ގައި ބަންގުބަންދު ސްޓޭޑިއަމްގައި ފަށާނެ އެވެ. މިއަދު އަރާ ފުރަތަމަ 11 މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ފުރަތަމަ 11
އިމްރާން މުހައްމަދު (ވައިސް ކެޕްޓަން)
އަހުމަދު އަޝްފާން
ސޮބާހު މުހައްމަދު
މުހައްމަދު އުމައިރު
މުހައްމަދު ޖަމީލް
ޝަމްވީލް ގާސިމް (ބޮންޑާ)
އަހުމަދު އާރިފް (ބަކާ)
އިބްރާހިމް ފަޒީލް (އޮއްޕޮ)
މުހުތާރު ނަސީރު (ޓޫކިލޯ)
އަލީ އަޝްފާގު (ދަގަނޑޭ) ކެޕްޓަން
އަހުމަދު ތޯރިގު (ޓޮމް)
މިދިއަ އަހަރު ރާއްޖެ އާއި ސްރީ ލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ރާއްޖެ ވަނީ ނޭޕާލާ ކުޅެ 4- 1 އިން މޮޅުވެފަ އެވެ. ނޭޕާލާއި ރާއްޖެ ކުޅޭ މެޗުތަކަކީ، ހިތްގައިމު ރީތި މެޗުތަކެއްގެ ގޮތުގައި ކުރިންސުރެ ވެސް ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ