ވޯލްޑް ކަޕް: ސްލޮވާކިއާ ބަލިކޮށް ޕެރެގުއޭ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

ވެރާ އާއި ރިވެރޯސްގެ ލަނޑުތަކުން 2- 0 އިން ސްލޮވާކިއާ ބަލިކޮށް ޕެރެގުއޭ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ. މިމެޗުގައި ޕެރެގުއޭ އިން މޮޅަށް ކުޅުނު އިރު ދެޓީމުގެ ބޯލް ޕޮޒިޝަން އުޅެނީ ދާދި ހަމަހަމަކޮށެވެ. ޕެރެގުއޭ އިން 11 ޝޮޓް ހެދިއިރު ފަސް ބޯޅަ ގޯލަށް އަމާޒުވެފައިވެ އެވެ. ސްލޮވާކިއާ އިން ހަ ޝޮޓް ހެދިއިރު ގޯލަށް އަމާޒުވީ އެންމެ ބޯޅައެކެވެ.
ގްރޫޕް އެފްގެ ކުރީގައި ހަތަރު ޕޮއިންޓާއެކު ޕެރެގުއޭ އޮތްއިރު އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ނިއުޒިލެންޑް އެއް މެޗު ކުޅެ ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ސްލޮވާކިއާއަށް ދެމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕުގައި މިރޭ 00: 19 ގައި ބައްދަލުކުރާނީ އިޓަލީ އާއި ނިއުޒިލެންޑެވެ.
25: 18 މެޗު ނިމިއްޖެ
14: 18 ޕެރެގުއޭގެ ރިވެރޯސް މެޗުގެ 39 ވަނަ މިނެޓުގައި އެޓީމު ލީޑު ފުޅާކޮށްދީފި.
34: 17 ދެވަނަ ހާފު ފަށައިފި.
20: 17 ޕެރެގުއޭ 1- 0 އިން ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ. ފުރަތަމަ ހާފުގައި ޕެރެގުއޭގެ ބޯލް ޕޮޒިޝަން އުޅެނީ 51 ޕަސެންޓުގައި. ސްލޮވާކިއާގެ ޕަސެންޓޭޖް އުޅެނީ 49 ގައި. ފުރަތަމަ ހާފުގައި ޕެރެގުއޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެޓީމުން ވަނީ ގޯލަށް އަށް ހަމަލާ ފޮނުވާފައި. މީގެ ތެރެއިން ހަތަރު ބޯޅަ ގޯލާ އަމާޒުވިއިރު ސްލޮވާކިއާ ފޮނުވާލި ހަމައެކަނި ހަމަލާ ވެސް ގޯލަށް އަމާޒުވެފައެއް ނުވޭ.
00: 17 ޕެރެގުއޭގެ ވެރާ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފި
31: 16 މެޗު ފަށައިފި
ވޯލްޑް ކަޕުގައި މިއަދު ހަވީރު 30: 16 ގައި ވާދަކުރާނީ ގްރޫޕް އެފް ގެ ޕެރެގުއޭ އާއި ސްލޮވާކިއާ އެވެ. މިދެ ޓީމު ވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން އިޓަލީއާ ކުޅެ 1- 1 އިން ޕެރެގުއޭ އެއްވަރުވިއިރު ސްލޮވާކިއާ 1- 1 އިން އެއްވަރުވީ ނިއުޒިލެންޑާ ކުޅެ އެވެ.
މި ގްރޫޕުގެ ހުރިހާ ޓީމަކަށް ވެސް ހަމަހަމައަށް ޕޮއިންޓް ލިބިފައިވުމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އެބައޮތެވެ.
މިމެޗު ކުޅެވެނީ ބްލޮއެމްފޮންޓެއިންގެ ފްރީ ސްޓޭޓް ސްޓޭޑިއަމުގަ އެވެ. ރެފްރީއަކީ ސީޝެލްސްގެ އެޑީ މައިލެޓް އެވެ.
ޕެރެގުއޭގެ ފުރަތަމަ 11:
1 ވިލާ (ގޯލް ކީޕަރު އަދި ކެޕްޓަން)
3 މޮރެލް
6 ބޮނެޓް
9 ސަންޓަ ކްރޫޒް
13 ވެރާ
14 ޑަ ސިލްބާ
15 ސެސެރެސް
16 ރިވެރޯސް
18 އެޗް. ވަލްޑޭޒް
19 ލޫކަސް
21 އަލްކަރާސް
ކޯޗު: ޖެރާޑޯ މާޓިނޯ
ސްލޮވާކިއާގެ ފުރަތަމަ 11:
1 މުކާ (ގޯލް ކީޕަރު)
2 ޕެކަރިކް
3 ސްކާޓެލް
6 ސްޓްރްބާ
7 ވައިޒް
8 ކޮޒަކް
9 ސެސްޓަކް
11 ވީޓެކް
16 ޑޫރިޗާ
17 ހަމްސިކް (ކެޕްޓަން)
21 ސަލާޓާ
ކޯޗު: ލަޑިމިއާ ވެއިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ