ހެރެތެރެ ވިއްކާލުމުގެ މަސައްކަތް މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިންގަމުންދާ ހެރަތެރަ ރިސޯޓް ވިއްކާނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
އެ ކުންފުނީގެ އެއްވެސް އެސެޓެއް ކުއްޔަށް ދިނުމާއި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނީ ރެޒޮނަންސް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ.
އެ ކުންފުނިން ވަގުތީ އަމުރަކަށް އެދިފައިމިވަނީ ހެރެތެރެ ރިސޯޓް ސިންގަޕޫރުގެ ކޭނަރީޒް އަށް 33 މިލިއަން ޑޮލަރަށް ވިއްކާލުމުގެ މަސައްކަތް އެމްޓީޑީސީން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެ ކުންފުނިން ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ގއ. ކޮނޑޭމަތީލާބައިދޫގައި ރިސޯޓެއް ތަރައްގީކުރުމަށް އެމްޓީޑީސީ އާއި އެ ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރުމުން 5.2 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން އެމްޓީޑީސީގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާ ކަމަށާއި އަދި އެ ފައިސާ ނުލިބި ވަނިކޮށް އެމްޓީޑީސީގެ މިލްކިއްޔާތުގައި ހުރި އެސެޓެއް ވިއްކައިފި ނަމަ އެކަމުގެ ސަބަބުން ބަދަލުގައި ގޮތުގައި ރެޒޮނަންސަށް ލިބެންޖެހޭ ފައިސާ ނުލިބި ބޮޑު ގެއްލުމަކާ ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުންނާއި ފެންނަން ހުރި ހެކިތަކުގެ މައްޗަށް ބަލާ އިރު އެމްޓީޑީސީން ދައްކަންޖެހޭ ފައިސާ ރެޒޮނެންސަށް ނުދައްކާ، އެ ކުންފުނީގެ އެސެޓެއް ވިއްކާލައިފި ނަމަ ރެޒޮނަންސްގެ ހައްގަކަށް އުނިކަމެއް ލިބިދާނެ ކަމެއް ކަމަށް ފެންނަ ކަމަށާއި އަދި ހެރަތެރަ ރިސޯޓް ވިއްކާލުމަކީ ރެޒޮނެންސްގެ ހައްގަކަށް އުނިކަން ލިބުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
ހެރެތެރެ ރިސޯޓް ވިއްކާލުމުގައި އެއްވެސް ކަހަލަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.
ހެރަތެރަ ޗަމްޕާ ހުސެން އަފީފްގެ، ޓްރީޓޮޕް މޯލްޑިވްސް އަށް 30 މިލިއަން ޑޮލަރަށް ވިއްކާލަން ކުރީގެ ބޯޑުން ނިންމި ނަމަވެސް ކުންފުނީގެ އާ ބޯޑުން ވަނީ އެ ނިންމުން ބާތިލްކޮށް އެ ރިސޯޓް ވިއްކާލަން އަލުން އިއުލާން ކޮށްފަ އެވެ.
ހެރަތެރަ ހިންގަން މީގެ ކުރިން ދެތިން ފަރާތަކާ އެމްޓީޑީސީން ހަވާލު ކުރި އެވެ. ނަމަވެސް އެ ރަށް ނުހިންގިގެން އެ ފަރާތްތަކުން އެ ރަށް ވަނީ ދޫކޮށްލައިފަ އެވެ.
އެ ރިސޯޓް އެތައް ދުވަހަކު ބަންދު ކޮށްފައި ހުރުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ އަލުން ހިންގަން ފަށައިފަ އެވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ