ވަކާލާތު ކުރުމުގެ ހުއްދަދޭނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅައިފި
ރާއްޖޭގައި ގާނޫނީ ވަކީލު ކަމުގެ ހުއްދަދޭނީ ސުޕްރީމް ކޯޓުން ކަމުގައި ކަނޑައަޅައިފި އެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައި ވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި މިއަދު ނެރުނު ރޫލިންގއެއްގައެވެ. މިހާތަނަށް ރާއްޖޭގައި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދެއްވަމުން އައީ ދައުލަތުގެ ބަންޑާރަ ނައިބެވެ. ސުޕްރީމް ކޯޓުގެ ރޫލިންގ ގައި ވަނީ އެ ކޯޓުން އަލަށް އެކަށައަޅާފައިވާ "ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު" އަށް މިއަދުން ފެށިގެން އަމަލުކުރަމުން ގެންދާ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުން ސުޕްރީމް ކޯޓުގެ ދަށަށް ގެންދިޔައީ ވަކާލާތުކުރުމުގެ ހުއްދަ ދިނުމާއި އެ ޕްރޮފެޝަނާ ގުޅޭ ކަންތައްތައް އެހެން ފަރާތަކުން އިންތިޒާމްކުރުމުގެ ސަބަބުން އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުން ކަށަވަރުކުރުމަށާއި ކޯޓުތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ރައްކާތެރިކުރުމަށްޓަކައި ގާނޫނުއަސާސީން ކަނޑައަޅާފައިވާ ދުސްތޫރީ އުސޫލުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށް އެ ކޯޓުން ނެރުނު ރޫލިންގގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ