މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓު ކުޑަކޮށްދޭން ގޮވާލާ ޕެޓިޝަނެއް!

މި ހިނގާ ޖުލައި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓު ކުޑަކޮށްދޭން ގޮވާލާ ޕެޓިޝަނެއް ފަށައިފިއެވެ.
އަންނަ މަހުގެ ކަރަންޓް ބިލުތަކާއި ފެން ބިލުތައް ބޮޑުވެދާނެކަމަށް ބެލެވޭ ކަމަށް ސްޓެލްކޯ އަދި ފެނަކައިން މިއަދު ވަނީ ބުނެފައެވެ. އެގޮތުން މިއަދު މެންދުރު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނިން ބެލި ބެލުމުން ގޭބިސީތަކުން ކަރަންޓް ބޭނުންކުރިވަރު އިތުރުވެފައިވާ ތަން ފެންނަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން އާންމު ފަރާތަކުން ވަނީ ޖުލައި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓު ކުޑަކޮށްދޭން ގޮވާލާ ޕެޓިޝަނެއް ފަށާފައެވެ.މި ޕެޓިޝަނުގައި ގޮވާލާފައިވަނީ މާލޭގެ ގޭބީސީތަކުގެ ކަރަންޓު ބިލް ތަކުން އެންމެ މަދުވެގެން 50 ޕަސެންޓު ސަބްސިޑައިޒް ކޮށްދިނުމަށެވެ.
Subsidize STELCO Electricity bills by at least 50%for the month of July. - Sign the Petition! https://t.co/t4ZEEhKUzT via @Change— Hamdhan Shakeel (@HamdhanShakeel) July 20, 2020
ކަރަންޓް ބިލްތައް ބޮޑުވުމާ ގުޅިގެން މާލޭގެ 700 އެއްހާ ގޭބިސީތަކަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައި ސާވޭތަކެއް ހެދި ކަމަށް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މިއަދު ވިދާޅުވި އެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ ކަރަންޓް ބިލް ބޮޑުވަނީ އަޅުގަނޑުމެން ކަރަންޓަށް ދޭން ޖެހޭ ސަމާލުކަން ނުދެވިގެން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ އަހަރަކުވެސް ކަރަންޓް ބިލް ބޮޑުވެގެން ޝަކުވާ އަންނަނީ މާޗް، އޭޕްރީލް އަދި މޭ މަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ