ޕީޕީއެމްގެ ތަކެއްޗަށް އެއްވެސް ގެއްލުމެއް ދީފައެއް ނުވާނެ: ފާރިޝް މައުމޫން

ހެންވޭރު ތެމާގައި ޕީޕީއެމްގެ އޮފީސް ހިންގަމުން ގެންދިއައިރު ޕީޕީއެމްގެ އެއްވެސް އެއްޗަކަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެ ކަމަށް ޕީޕީއެމްގެ ކައުންސިލުގެ މެންބަރު ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިޝް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އޮފީހަށް ބައަކު ވަނީ ފުލުހުން އެތަން ބަލަހައްޓަމުން ގެންދަވަނިކޮށް ކަމަށާއި އެބައަކު ޕީޕީއެމްގެ އޮފީހަށް ވަދެ ކުރި އެއްވެސް ކަމެއްގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށާއި ހަމައެކަނި އެނގިވަޑައިގަންނަވަނީ ތެމާގައި ހުރި ތަކެތި ބައަކު ގެންދިއަކަން ކަމަށެވެ.
ތެމާގައި ހުރި ޕީޕީއެމްގެ ބައެއް ތަކެތި މަދުކަމަށާއި ބައެއް ހާޑް ޑިސްކުތައް ފޯމެޓްކޮށްފައިވާ ކަމަށާއި އަދި ޕިޕީއެމްގެ ދަފްތަރު ކޮމްޕިިޔުޓަރުން މަދުވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށައިފައެވެ. އެކަމާއި ގުޅިގެން ރައީސް މައުމޫނުގެ ސެކެޓްރީ ޖެނެރަލް އަލީމް މިރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނަގައިފައެވެ.
ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤާއި ގުޅިގެން ފުލުހުން މިރޭ ވަނީ ހ. ތެމާ އާއި އަލީމް ދިރިއުޅުއްވާ ގެ ކޯޓުއަމުރެއްގެދަށުން ބަލައި ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ