އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދު ކޮށްލެވުނު މީހުންގެ އަދަދު 204 އަކަށް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 204 އަކަށް އަރައިފި އެވެ.
މިސްރުން ހުށަހެޅި އެއްބަސްވުމަށް ތާއިދު ކުރުމަށްފަހު އިސްރާއީލުން އަނެއްކާވެސް ހަމަލާތައް ފަށާފައި މިވަނީ ހަމާސް ޖަމާއަތުން އެއްބަސްވުމަށް ތާއިދު ނުކުރުމުންނެވެ.
ބުދަ ދުވަހު އިސްރާއީލްގެ ހަމަލާތައް އަލުން ފަށާފައިވާ އިރު ފުރަތަމަ ހަމަލާތައް އަމާޒުވެގެން ދިޔައީ ހަމާސްގެ އިސްވެރިންގެ ގެތަކަށް ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް އެހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައި ނުވާ ކަމަށް ފަލަސްތީނުގެ ސިއް ހީފަރާތްތަތަކުން މަޢުލޫމާތު ދެ އެވެ.
އޭގެ ފަހުން ދެކުނު ރަފާހް ސިޓީއަށް ދިން ހަމަލާތަކުގައި ދެމީހަކު ޝަހީދުކޮށްލާފައި ވާއިރު އޭގެ މާގިނައިރުތަކެއް ނުވެ ދިން ހަމަލާތަކުގައި 19 އަހަރުގެ ޒުވާނަކު ވަނީ ޝަހީދުވެފަ އެވެ.
އަދި އޭގެ ގަޑިއެއްހާއިރު ފަހުން ޚާންޔޫނިސްއަށް ދިން ޓޭންކް ހަމަލާތަކުގައި 33 އަހަރުގެ މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް ފަލަސްތީނުގެ ސިއްހީ ފަރާތްތަކުން މައުލޫމާތު ދެ އެވެ.
"އޮޕަރޭޝަން އެޖް" އަށް މިއަދަށް 9 ދުވަސް ވީއިރު އިސްރާއީލުން ވަނީ ޣައްޒާއަށް 1500 އެއްހާ ހަމަލާ ދީފަ އެވެ. ރައްދުގައި ހަމާސްއިން ވަނީ ހާހެއްހާ ރޮކެޓް ހަމަލާތައް އިސްރާއީލަށް ދީފަ އެވެ.
ބަދަލް ކުރެވެމުން ދާ ހަމަލާތަކުގައިޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ކަމަށް އދ ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިހަމަލާތަކުގައި މިހާތަނަށް މަރުވެފައިވަނީ އިސްރާއީލްގެ އެންމެ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ