އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ނަސޭހަތްދެނީ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ނަސޭހަތްތެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ތަހުގީގުކުރުމަށްފަހު ތަހުގީގު ރިޕޯޓުގައި ހުށަހަޅާފައިވަނީ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށެވެ.
އެ ތިން ފަނޑިޔާރުންނާ ގުޅޭ ރިޕޯޓު ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ހުށަހެޅުމުން މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ތަހުގީގު ރިޕޯޓު، ބަލައިގަތުމަށް ވަނީ ނިންމައިފައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވާން ނިންމި ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގައި ބުނާގޮތަށް ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ތިން ފަނޑިޔާރުންނަށް ދިނުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ