ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މައްސަލަ ތަހުގީގު ކުރި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުން ތަހުގީގުކުރަމުންދިޔަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ތަހުގީގު ކުރި ކޮމިޓީގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓް ކޮމިޝަނުން ބަލައިގަތުމަށް ވަނީ ނިންމައިފައެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި އެ ކޮމިޓީގެ ނިންމުން ވަނީ ފާހަގަކޮށްފައެވެ. އެ ނިންމުމުގައިވާ ގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.
އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް މާދަމާ އިން ފެށިގެން ފަނޑިޔާރު އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތެއް އެ ކޮމިޝަނުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ