ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.
ވީނިއުސްއަށް އިނގިފައިވާ ގޮތުގައި މައުމޫން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެކެވެ.
ރައީސް މައުމޫން އަންނަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވަނީ މުހިންމު އަދި ގައުމީ މަސައްކަތެއްކަމަށާ އެ މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް މިހާރު ލިބިފައިވާކަމަށް ވެސް މައުމޫން އަންނަނީ ވިދާޅުވަމުންނެވެ.
މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް މިވަގުތު ހުންނެވީ ސިންގަޕޫރުގައެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ