ރީނދޫ ސަމާލު: އުތުރުގެ ހަތް އަތޮޅަށް މޫސުން ވަރަށް ގޯސް

އުތުރުގެ ހަތް އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ އެންމެ އުތުރުގެ ހަތް އަތޮޅު ކަމުގައިވާ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 09:00 އިން މެންދުރު 01:00 އާއި ދެމެދުގެ ވަގުތުތަކަށެވެ.
މި ރީނދޫ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި އާއްމު ވައި ހުންނާނެ ކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވާކަމަށެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި ރާއްޖެއަށް ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މި ވިއްސާރައިގެ އަސަރު އިތުރަށް ގަދަވެ ވައި ބާރުވެގެންމިދަނީ ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ތޫފާން އަމްޕަންގެ ނުސީދާ އަސަރުވެސް ރާއްޖެއަށް ކުރަމުންދާތީ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ