ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އައިސީޓީ ދާއިރާގެ ލަފުޒުތައް އެކަޑެމީން ފާހެއް ނުކުރޭ: ދިވެހިބަހުގެ އެކަޑެމީ

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އައިސީޓީ ދާއިރާގެ ދިވެހި ލަފުޒު ތަކަކީ ދިވެހި ބަހުގެ އެކެޑެމީން ފާސްކޮށްފައިވާ ލަފުޒުތަކެއް ނޫން ކަމަށް އެ އެކެޑެމީން ބުނެފިއެވެ.
ދިވެހި ބަހުގެ އެކަޑެމީން މިހެން ބުނީ މިއަދު އެ އެކެޑެމީން ކުރި ޓުވީޓެއްގައެވެ.
އެ އެކަޑެމީން ވަނީ މި ލަފުޒުތަކަކީ އެއްވެސް ގޮތެއްގައި އެ އެކަޑެމީއާއި ގުޅުން ހުރި ލަފުޒުތަކެއްވެސް ނޫން ކަމަށް ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލަފުޒުތައް --- ދިވެހި ބަހުގެ އެކަޑެމީން ވަނީ މި ބަސް ތަކަކީ އެ އެކަޑެމީ އާއި ގުޅުން ހުރި ބަސްތަކެއް ނޫން ކަމަށް ބުނެފައި ---
ދިވެހިބަހުގެ އެކަޑެމީން އަންނަނީ ދިވެހިބަސް އާލާކޮށް ކުރި އެރުވުމުގެ ގޮތުން އިނގިރޭސި ލަފުޒުތަކުގެ ބަދަލުގައި އާ ދިވެހި ލަފުޒުތައް ކަނޑައަޅަމުންނެވެ. މިފަދަ އާ ލަފުޒުތަކާއެކު އެ އެކަޑެމީން ވަނީ ފޮތެއްވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ