ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ)ގެ މަގާމަށް އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހުމަދު ނަސީރު އައްޔަންކުރައްވައިފިއެވެ.
ސީއެމްޑީއޭގެ ސީއީއޯއަކަށް ކ. މާފުށީ، މުސްތަރީގެ، ނަސީރު އައްޔަންކުރައްވާފައިވަނީ މިއަދު އެވެ. ރައީސް އޮފީސް ވެބްސައިޓުގައި ވިދާޅުވެފައިވާ ގޮތުން ނަސީރު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އޭނާ އެމަގާމަށް އައްޔަންކުރައްވާފައިވަނީ މިނިސްޓަރުގެ ނާއިބު ފެންވަރުގައެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް އަހުމަދު ނަސީރު ހަމަޖައްސަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ