ދެން އެއްމެ އަވަހަށް ޓެގް އަޅުވާނީ އުމަރު ނަސީރުގެ ހަތަރެސް ފައިގައި: މެމްބަރު މުސްތަފާ

އަގަ މަޑުންލައިގެން ނުހުރެފިއްޔާ ދެން އެއްމެ އަވަހަށް ޓެގް އަޅުވާނީ އުމަރު ނަސީރު ފައިގައި ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން ޓްވީޓެއް ނުކުރައްވާތާ ދުވަސްކޮޅެއް ފަހުން މުސްތަފާ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ އުމަރު ނަސީރު އިސްތިއުފާ ދެއްވީ ސީދާ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ.
” އަނގަމަޑުން ލައިގެން ނުހުރެފިއްޔާ ދެން އެއްމެ އަވަހަށް ޓެގް އަޅުވާނީ މަނިކުފާނުގެ ހަތަރެއްގައި” މުސްތަފާގެ ޓްވީޓްގައި ވެއެވެ.
އުމަރު ނަސީރު އިސްތިއުފާދެއްވިކަން އިއުލާންކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ