ރައީސް މައުމޫން ސިންގަޕޫރުން ރޭ މާލެ ވަޑައިގެންފި

ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް، ސިންގަޕޫރަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ފަހު ރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް މައުމޫން މީގެ ދެ ހަފްތާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ، އާލާސްކަންފުޅާ އުޅުއްވާތީ ފަރުވާ ހޯއްދެވުމަށެވެ.
އެމަނިކުފާނު ރޭ މާލެ ވަޑައިގެންފައިވާ އިރު، ޕީޕީއެމްގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެމަނިކުފާނަށް ރޭ މަރުހަބާ ވިދާޅުވެފައެވެ.
އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެން ނަމަވެސް، އެކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ޓްވިޓަރގައި ވެސް ހާމަކުރައްވާފައެއް ނުވެއެވެ.
އެހެން ނަމަވެސް، ރޭ ރާއްޖެ ވަޑައިގަތުމުން އެކި ފަރާތްތަކުން ދެންނެވި މަރުހަބާއަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައި، ޓްވީޓު ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ