ޑްރަގް މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލު ކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ވ. ފެލިދޫ، ޖަނބުރޯލުމާގެ އިބްރާހީމް ޝިފާހުގެ މައްޗަށް ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ، އޭނާ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި އިރު، އޭނާގެ ވޮލެޓުންނާއި ދަބަހުން ކެނެބިސް ފެނިފައި ވާތީ އޭނާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ކުށުގައެވެ.
އެ ހުކުމް ކޮށްފައި ވަނީ 27 އޯގަސޤޓް 2014 ވަނަ ދުވަހުއެވެ.
ނަމަވެސް ހައި ކޯޓުން ވަނީ މި ހުކުމް ބާތިލު ކޮށްފަައެވެ.
ބުރާސްފަތި ދުވަހު އެ ކޯޓުން ނިންމާފައި ވަނީ، އިބްރާހީމް ޝިފާޙުގެ އަތުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސްއަށް ޝައްކުކުރެވޭ ބާވަތެއްގެ އެއްޗެއް ފެނިފައިވީނަމަވެސް، އެޝައްކު ފިލައިގޮސް އެތަކެއްޗަކީ ސީދާ ކެނަބިސްއޮށްކަން ޔަޤީންވާ މިންވަރުގެ ތަޙްލީލުތަކެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށް ކަމަށެވެ.
އެހެންކަމުން، ހައި ކޯޓުން ވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި، އެކުށުގެ އުޤޫބާތެއްގެ ގޮތުން، ބުނެވެދިޔަ ޤާނޫނުގެ ވަނަ މާއްދާގެ (ރ) ގެ ދަށުން އިބްރާހީމް ޝިފާޙު ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރައްވާ ފައިވާ ޙުކުމް ބާތިލުކޮށްފައިވާ ކަމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ