ދެ ދޫނި ވަގަށް ނެގި ކަމަށް ބުނާ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ހައި ކޯޓުން އަންގައިފި

ދެ ދޫނި ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއް ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން އިއްޔެ އަންގައިފި އެވެ.
އެ ކޯޓުން އެގޮތަށް އަމުރުކުރީ ސ. ހިތަދޫ ޖެމިސްކޯ، ފައިސަލް ހަސަންގެ މައްޗަށް ދެ ދޫނި ވަގަށް ނެގިކަމުގެ ދައުވާ އުފުލުމުން އެ ދައުވާ ސާބިތުނުވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ހިތަދޫ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖްރާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަލުން އެ މައްސަލަ ބެލުމަށް ހިތަދޫ ކޯޓަށް އަންގާ ކަމަށް ވެސް އެ ހުކުމުގައި ބުނެފައި ވެއެވެ.
ފައިސަލްގެ މައްޗަށް ދައުލަތުން އެ ދައުވާކުރީ ހިތަދޫގައި ލަވް ބާޑް ކޮށްޓަކުން ހަތަރު ލަވް ބާޑް ވަގަށް ނަގާފައި ވަނިކޮށް އޭގެ ތެރެއިން ދެ ލަވް ބާޑް އެހެން މީހަކަށް ވިއްކާފައި ވަނިކޮށް ފެނިފައިވާތީ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ