ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްޓަކައި ބޭއްވި "އުފާވެރި ހަވީރު" ގައި މެޑަމް ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސްގެ ފަރާތުން "އުފާވެރި ހަވީރު" ގެނަމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް ބައިވެރިވެވަޑައިގެންފިއެވެ.
މި ޚާއްޞަ ހަވީރު އޮތީ ހުކުރު ދުވަހު ހަވީރު ހެންވޭރު ދަނޑުގައެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "އުފާވެރި ހަވީރު" ގައި ބައިވެރިވި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ވަނީ މެޑަލް ބައްސަވައިދެއްވާފައެވެ.
ޚާއްބަ އެހީއަށް ބޭނުންވާވ ފަރާތްތަކަށް ބޭނުންވާ އެހިތެރިކަން ހޮއްދަވައިދެއްވުމަށް މެޑަމް ފާޠިމަތު އިބްރާހީމް ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ