އަބްދުﷲ ގާޒީގެ މައްސަލަ ސާބިތެއް ނުވި

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް އެ މައްސަލަ ބެލި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނީ، އެ މައްސަލަ ބެލުމަށްފަހު ސާބިތު ނުވާކަމަށް އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ނިންމާފައި ވާކަމަށެވެ.
އަބްދުﷲ ގާޒީއާ ގުޅޭ ސުލީކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީކަން މީގެ ކުރިން ކުރެއްވި އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލިއިރު، އެ ކޮމިޝަންގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ