ފުލުހުންނަކީ ފިޔަވަޅު އަޅަން ތިބުމުގެ ބަދަލުގައި މައްސަލަތައް ދެނެގަނެ ހައްލު ހޯދާ ބަޔަކަށް ވާންޖެހޭ: ސީޕީ

ފުލުހުންނަކީ ފިޔަވަޅު އަޅަން ތިބުމުގެ ބަދަލުގައި، މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދަން ތިބޭ ބައެއް ކަމުގައި ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު އެފަދައިން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ހަމީދު ވިދާޅުވީ، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ފުލުހުންގެ މަސައްކަތައް ގެންނަން މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ.
އަދި އެ ބަދަލަކީ، ފުލުހުންނަކީ ފިޔަވަޅު އަޅަން ތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައުތެރެއަށް ނުކުމެ، އެ މުޖުތަމައެއްގައި ހުންނަ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހަލުކުރަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުން ކަމަށް ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ އެގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ވުމުން، ފުލުހުންނަކީ ކުޅުދުއްފުށީގައި ހުރި ކުށުގެ މައްސަލަތައް ހައްލުކުރާ ބައެއްކަމުގައި ވެގެން ދާނެ ކަމަށެވެ. އަދި އެ ހިދުމަތް ތައާރަފްކުރެވިގެން ދިޔައީ ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށް ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، ކޮވިޑުގެ ބަލިމަޑުކަމުގެ މައްޗަށް ކާމިޔާބު ހޯދި ފަދައިން، ކުށްކުރުން މަދުކުރުމާއި ކުށުގެ ރެކޯޓު ރޭޓު ދަށް ކުރުމަށްވެސް ކާމިޔާބު ހޯދޭނެ ކަމަށް ސީޕީ ހަމީދު ފާހަގަ ކުރެއްވިއެވެ. އަދި އަވައްޓެރި ފުލުުންގެ ހިދުމަތުން، ކުށާއި ކުށުގެ ބިރުބެރިކަން ދަށް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ