އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މަޖީދިއްޔާ ސްކޫލްގައި ތަޢުޒިޔާގެ ދަފްތަރެއް

މަޖީދިއްޔާ ސްކޫލްގެ ކުރީގެ ހެޑްމާސްޓަރ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މަޖީދިއްޔާ ސްކޫލްގައި ތަޢުޒިޔާގެ ދަފްތަރެެއް ހުޅުވަން ނިންމައިފިއެވެ.
މަޖީދިއްޔާ ސްކޫލްގެ ރިސެޕްޝަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަޢުޒިޔާގެ މިދަފްތަރުގައި ލިއުމުގެ ފުރުޞަތު 23 ޑިސެމްބަރުން ފެށިގެން 30 ޑިސެމްބަރުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ. ހުކުރު ދުވަހާއި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރު ފަހު 02:30 އަށް މި ދަފްތަރުގައި ލިޔުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
މި ދަފްތަރުގައި ލިއުމަށް ބޭނުންވާ މަޖީދިއްޔާ ސްކޫލްގެ އެހާރައި މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް މިފުރުސަތު ހުޅުވާލާފައިވާ ކަމަށް މަޖީދިއްޔާ ސްކޫލުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ