އުމަރު އަލް ބަޝީރު، ދެކުނު ސޫދާނަށް މަރުހަބާ ކިޔައިފި.

ލިޔުނީ: ހުސެއިން ސާލިމްއުތުރު ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު، އަލަށް “އުފަންވި” ދެކުނު ސޫދާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.އުމަރު އަލް ބަޝީރު، އަވަށްޓެރި ދެކުނު ސޫދާނަށް މަރުހަބާ ކިޔާފައިވަނީ، ދެކުނު ސޫދާންގެ މިނިވަންކަން އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އަލް ބަޝީރު ވިދާޅުވެފައި ވަނީ، ދެކުނު ސޫދާންގެ ޅަފަތުގައި އެ ޤައުމު ދެން އޮތް ހަރުފަތަށް ގެންދިޔުމަށް އުތުރު ސޫދާނުން އެއްބަސް ވެފައި ވާގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި، ދެކުނު ސޫދާނަށް ލިބޭ ކޮންމެ ކުރި އެރުމަކާއި، ކާމިޔާބަކީ، އުތުރު ސޫދާނަށްވެސް ލިބޭ ކާމިޔާބެއް ކަމަށެވެ.ދެކުނު ސޫދާން ވަކި ގައުމެއްގެ ގޮތުގައި އޮތުމަށް ރުހޭތޯ ބެލުމުގެ ގޮތުން މީގެ 6 މަސް ދުވަސް ކުރިން ބޭއްވި ރެފަރެންޑަމްގައި ވޯޓު ލީ މީހުން ބުނެފައި ވަނީ އެމީހުން ބޭނުންވަނީ ވަކި ޤައުމެއްގެ ގޮތުގައި ދެކުނު ސޫދާން އޮތުންކަމަށެވެ. ރެފަރެންޑަމަށް ހަމަސް ދުވަސް ފަހުން އަމަލީ ސިފަ ގެނެވުނީ، އެފްރިކާގެ ޤައުމުތަކުގެ ވެރިންނާއި، ޔޫރަޕުގެ ބައެއް ޤައުމުތަކުގެ އޮފިޝަލުންގެ އެހީތެރިކަމާ އެކުގައި ކަމަށް އަލް ބަޝީރުގެ ވާހަކައިގާ ވަނީ ފާހަގަކޮށްފައެވެ.ސޫދާން ދެބައި ވެފައި ވާއިރު، ދެ ސޫދާންގެ ދެމެދުގައި މިހާރުވެސް ވަނީ، އަރާރުން ތަކެއް އުފެދިފައެވެ. ދެ ޤައުމުންވެސް ދައުވާ ކުރާ ގޮތުގައި، ތެލުގެ މުއްސަނދިކަން ލިބިފައިވާ އަބްޔޭ ސަރަހައްދަކީ އެ ޤައުމަކަށް ނިސްބަތްވާ ސަރަހަށްދެކެވެ. ރެފަރެންޑަމަށްފަހު ދެ ޤަައުމު ބައިކޮށްލުމުގައި އެހާ ގިނަ ދުވަސް ވެގެން ދިޔައީވެސް އަބްޔޭ ސަރަހައްދުގެ މައްސަލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ