މޫސުން ގޯސްވުމުގެ ސަބަބުން އެމްޑީޕީ ޖަލްސާ ކެންސަލްކޮށްފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
އެމްޑީޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ "ފަންޑު ފޮށި ސަރުކާރު އިސްތިއުފާ" މި ނަމުގައި އެމްޑީޕީން ކާނިވަލުގައި ބާއްވަން ހަމަޖެއްސި ޖަލްސާ ކެންސަލްކުރީ މާލެއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށާއި ޖަލްސާ ފަހުން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
"ޖަލްސާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން، ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ." އޮފިޝަލް ވިދާޅުވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެމްޑީޕީ ޖަލްސާ ކެންސަލްކޮށްފައިވާއިރު އެމްޑަބްލިއުއެސްސީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ އެމްޑީޕީން ދަނީ ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ