މަޑަވެލި ދާއިރާގެ މެމްބަރުގެ އަނބިކަނބަލުންނަށް ނައިބުކަން ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނާހިދާ މުހައްމަދު ރަޝާދަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަން ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.
އެޑިއުކޭޝަންގެ ނައިބަކަށް ނާހިދާ ހަމަޖެއްސެވިކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ނާހިދާ އެ މަގާމަށް ހަމަޖެއްސެވުމުން މިހާރު އެޑިއުކޭޝަންގެ ނައިބުންގެ އަދަދު ވަނީ 11 އަށް އަރަ އެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި މުއާޒު އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެވެ. އަދި އަދި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާގައި އޭނާ ވަނީ ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ