ޗައިނާ އާއި ރާއްޖެ އާއި ދެމެދު ޤާއިމުވެގެން ދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިންޑިޔާ ނުވަތަ އެހެން އެއްވެސް ޤައުމަކަށް ލިބުނު ބޮޑު ސިހުމަކަށް ވެގެން ނުވާނެ ކަމަށް، ރާއްޖެއިން އިންޑިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ނޫހެއް ކަމަށްވާ "ގަވަނަންސް ނައު" އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުނ އަހުމަދު މުހައްމަދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާ އާއި ދެމެދު ވި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެއްވެސް ޤައުމަކަށް ސިހުމަކަށް ވާން ނުޖެހޭ ކަމަށާއި އެކަމުގެ ސަބަބަކީ އެ ވިޔަފާރީގެ މަޝްވަރާތައް ޗައިނާ އާއި އެކު މީގެ ދެ އަހަރުކުރިން ފެށިފައިވާއިރު، މީޑިޔާ ތަކުގައި ރާއްޖެއިންވެސް އަދި ޗައިނާ އިންވެސް އެކަން ހާމަ ކޮށްފައިވުން ކަމަށެވެ.
އަދި އިންޑިޔާ ސަރުކާރަށް އެ ޚަބަރު ސިހުމަކަށް ވެގެން އުޅެން ޖެހޭ ސަބަބެއް ނެނގޭ ކަމަށާއި އެންމެ ކުޑަމިނުން މިނިވަން ވިޔަފަރީގެ ޕްރޮޕޯސަލް އެއް ވެސް އިންޑިޔާއިން ރާއްޖެ އަށް ހުށަހަޅާފައިނުވާކަމަށް އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.
އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމަށް ނަޒަރު ހިންގާލަމުން ސަފިރު ވިދާޅުވީ ރާއްޖެ އާއި އިންޑިޔާ އާއި އޮތް ގުޅުން އަދިވެސް މިއަށް ވުރެ ބަދަހި ވެގެން ދާނެ މަގު އެބަ އޮތް ކަމަށާއި އެ ގޮތަކީ އިންޑިޔާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ އަށް ވަޑާއިގަތުންކަމަށެވެ.
އަދި ހަމައެހެންމެ ރާއްޖޭގެ ޚާރިޖީ ވަޒިރު އިންޑިޔާ އަށް ހަތަރު ފަހަރެއްގެ މަތިން ޒިޔާރަތް ކުރައްވާފައިވާއިރު އިންޑިޔާގެ ޚާރިޖީވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރެއްވީ އެންމެ ފަހަރަކުކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
އަދި ވިދާޅުވީ އިންޑިއާ އިން އިއުލާނުކޮށްފައިވާ "ނެއިބަހޫޑް ފަސްޓް" ނުވަތަ އެންމެ ފުރަތަމަ އަވައްޓެރިން ޕޮލިސީ އަށް އެ ގައުމުން އިހްތިރާމު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖެއިން ފުރަތަމަ މިނިވަން ވިޔަފާރިއެއް ޤާއިމުކުރަން އެއްބަސް ވީ އިންޑިޔާ އާއި އެކު ކަމަށްބުނާ ޚަބަރުތައް ދޮގު ކުރަމުން ސަފީރު ވިދާޅުވީ އެފަދަ އެއްވެސް އެއްބަސްވުމެއް ވެވިފައި ނޯންނާނެކަމަށެވެ.
"އިންޑިޔާގެ "ދަ ޓްރައިބުން"ނޫހަށް އިންޓަރވިއު ދެއްވަމުން ސަފިރު ވިދާޅުވީ "އެއްވެސް އިރެއްގައި އެއްބަސްވެވިފައެއް ނޯންނާނެ ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެންމެ ފުރަތަމަ އެކުލަވާލާނީ އިންޑިއާ އާއެކުގައި ކަމަށް ބުނެ. އިންޑިއާ އިން އަބަދު ވެސް ބުނަނީ ސަރަހައްދުގެ ސެކިއުރިޓީ އަށް ސަމާލުކަން ދެން ޖެހޭނެ ކަމަށް. ރާއްޖެ އިން އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅެނީ އެހެންވެ. އިންޑިއާ އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންފުޅުވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެފައި. ރާއްޖެ އަށް އެފަދަ އެއްބަސްވުންތައް އެބަ ބޭނުންވޭ،"
ސަފީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2014 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައި ކަމަށާއި އެކަންތައް އަމަލީ ގޮތުން އަދިވެސް ފެށިފައި ނުވާ ކަމަށެވެ.
އަދި ރާއްޖޭގެ ރިޔާސި އިންތިޚާބުގައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީ ބޭނުންވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސަފިރު ވިދާޅުވީ، ބައިނަލް އަޤްވާމި އެއްވެސް ފަރާތެއްގެ އެހީތެރިކަން ބޭނުން ނުވާ ކަށާޢި، ރާއްޖޭގައި ވެސް މިނިވަން މުސްތަޤީލު އިލެކްޝަން ކޮމިޝަނެއް އެބަ އޮތް ކަމަށާއި އެ މުޢައްސާސާގެ ދައުރަކީ މިނިވަން އިންތިޚަބު ތަކެއް ބޭއްވުން ކަމަށާއި ޤައުމު ހިންގުން ނޫންކަމަށެވެ.
އަދި އިތުރަށް ސަފިރު ވިދާޅުވީ ރާއްޖެއަކީ ވެސް މިނިވަން ޑިމޮކްރެޓިކް ޤައުމެއްކަމުގައެވެ.
ޗައިނާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސިހުމަކަށް ވެގެން ނުވާނެ – އަހުމަދު މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ