ހަވީރު 5:00 އިން ރޭގަނޑު 12:00 އަށް އެއްގަމު އުޅަނދު ދުއްވުން ރ. މީދޫ ކައުންސިލުން މަނާކޮށްފި

ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 12 މެއި 2020 އިން 31 މެއި 2020 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 5:00 އިން ރޭގަނޑު 12:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް މީދޫ ކައުންސިލުން ނިންމައިފިއެވެ.
 
މީދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވޭނީ ރ. މީދޫ ޓާސްކްފޯސްއިން ހުއްދަ ދީފައިވާ ފަރާތްތަކަށާއި ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކަށް ޓާސްކްފޯސްގެ ހޮޓްލައިންއަށް މެސެޖްކޮށް ހުއްދަ ދޫކުރެވޭ ފަރާތްތަކަށްކަމަށެވެ.
 
މީގެ އިތުރުން މި އެންގުމާއި ހިލާފުވާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ