ގެއަކުން ވަގަށްނެގި ފައިސާތަކާ ގަހަނާތަށް ހޯދާ، 3 މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގެ ގެއަކުން 28000ރ (އަށާވީސް ހާސް ރުފިޔާ) އާއި ރަން ފައްޓަރު ބަޔަކާއި ރަން ފަށަކާއި އަދިވެސް ބައެއް ރަނުގެ ގަހަނާތައް ވަގަށް ނަގާފައިވަނިކޮށް ފުލުހުން އެތަކެތި ހޯދައި 3 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެވައްކަން ކުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 28 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް މި މީހުންނާއި ބެހޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 21:15 ހާއިރު ހިނގި މިވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި ތުހުމަތުކުރެވޭ 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެގެއިން ވަގަށް ނަގާފައިވާ ފައިސާއާއި ގަހަނާތައް ވަނީ ހޯދާފައެވެ.
ފުލުހުން އިތުރަށް ބުނީ ވަގަށް ނެގި ފައިސާތައް ފެނިފައިވަނީ މިމައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ އަތުންނާއި އެތަނުން އެކެއްގެ ގޭގެ ގޮދަޑިއެއްގެ ތެރެއިންނާއި އަދި އެކި ތަންތަނުގައި ވަޅުލައި ފޮރުވާފައި ހުއްޓައި ކަމަށެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ވަނީ ވަގަށް ނެގި ފައިސާއާއި ގަހަނާތައް އެއިގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ