ކޭބަލެއް ބަޑިޖަހައި ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި!

އޭދަފުށީގެ ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި އޮންނަތާ 4 ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ އޭދަފުށީ ބްރާންޗްގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނީ އެ ސަހައްދުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ކަރަންޓް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
“މިހާރު ވެސް މައްސަލަ ހައްލުކުރަން އަންނަނީ މަސައްކަތް ކުރަމުން، މިބަލަނީ މިރޭ 12ގެ ކުރިން މައްސަލަ ހައްލުކޮށް ކަރަންޓް ދެވޭތޯ،”
އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް
މަތިވުމުގެ ސަބަބު ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ކޭބަލު ބަޑިޖަހައިގެން ކަރަންޓް ކެނޑުމުގެ
މައްސަލަ މީގެ ކުރިން ވެސް ދިމާވެ އެވެ. ޚާއްސަކޮށް މިއަދު މިމައްސަލަ ދިމާވި
ސަރަހައްދަކީ މީގެ ހަތަރުވަރަކަށް އަހަރު ކުރިން މި މައްސަލަ ދިމާވަމުން އަންނަ
ސަރަހައްދެކެވެ. މިކަމަށް މިހާތަނަށް އެކަށީގެންވާ
ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ.
އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކަރަންޓާ ނުލައި އުޅެން
ޖެހުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް
ކަރަންޓް ނެތުމަކީ ވެސް އާންމު ދިރިއުޅުމަށް ކުރިމަތިވާ ވަރަށް ބޮޑު އުނދަގުލެއް
ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ