ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމަށް ނަޝީދު ތާއީދު ކުރުމުން ޝަހީދު ކަންބޮޑުވެ މާޔޫސްވެއްޖެ
ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމަށް ނަޝީދު ގޮވާލުމުން ޝަހީދު ކަންބޮޑުވެ މާޔޫސްވެއްޖެއެވެ. ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރެވެންޖެހޭނެ ކަމަށާއި، ނަމަވެސް މަރުގެ ހުކުމެއް ތަންފީޒުކުރުން ފަދަ ބޮޑު ކަމެއްގައި މީހަކަށް ނުހައްގުން އަނިޔާއެއް ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޔަހޫދީންނާއި ގާތް ގުޅުނ ްތަކެއް ބާއްވަމުން ގެންދާ ކަމަށާއި، ޔަހޫދީންގެ އަތުން ރިޝްވަތު ނަގާފައި ވާކަމަށް އީރާނުން ތުހުމަތު ކޮށްފައިވާ ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު އޭނާގެ އަމިއްލަ ޓްވިޓާގައި ބުނެފައި ވަނީ ޝަރީޢަތާއި އޭގެ ޙުކުމް ތައް ރާއްޖޭގައި ތަންފީޒު ކުރަން އެމްޑީޕީން ގޮވާލާތީ މާޔޫސް ވެފައި ވާކަމަށެވެ.@anedhivehirajje disappointed by calls from MDP to implement sharia laws in the Maldives @FarahDidi— ahmed shaheed (@ahmedshaheed) May 8, 2014މީގެ އިތުރުން މިކަމާއި ގުޅިގެން ޑރ ޝަހީދު ކުރި އިތުރު ޓްވީޓް ތަކެއްގައި ވެސް ވަނީ ނުސީދާ ގޮތެއްގައި އިސްލާމީ ޝަރީޢަތް ކަމުނުދާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ. އެގޮތުން މި ޒަމާނާއި ގުޅޭ ގޮތަށް އިސްލާމީ ޝަރީޢަތް ބަދަލު ކުރަން ޖެހޭ ކަމަށާއި، އިސްލާމީ ޝަރީޢަތަކީ މި ޒަމާނަށް ފެތޭ އެއްޗެއް ނޫން ކަމަށް ކާފަރުން ދައްކަމުން ގެންދާ ވާހަކަ ތަކަށް ބާރު ލިބޭގޮތަށް މުސްލިމު ނަމެއް ކިޔާ މުސްލިމު މަޔަކާއި ބަފަޔަކަށް ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް އުފަން އަހުމަދު ޝަހީދު ބުނެފައި ވަނީ އިސްލާމީ ޝަރީޢަތް މި ޒަމާނާއި އެކަށީގެންވާ ގޮތަކަށް ތަރުޖަމާ ކުރެވެން ޖެހޭ ކަމަށެވެ.@AdduShareef Islamic sharia needs a modern reading, mindful of d hermeneutic distance with 9th century Baghdad @FarahDidi @anedhivehirajje— ahmed shaheed (@ahmedshaheed) May 8, 2014މީނާގެ މި ގޮވާލުމާއި އެކު މިކަމަށް ތާއީދު ކޮށް ޓްވިޓާގައި އެތައް ދިވެހިންނެއް ޝުޢޫރު ފާޅުކުރަމުން ގެންދާ އިރު، ޝަހީދަކީ މީގެ ކުރިން ވެސް އިސްލާމް ދީނަށާއި މުސްލިމުން ނަށް ފުރައްސާރަ ރައްދުވާ ގޮތަށް އެތައް ބައިވަރު ޓްވީޓެއް ކޮށްފައިވާ މީހެކެވެ.@FarahDidi But practicing Islamic laws wud mean gender hierarchy, corporal punishment, religious intolerance, etc @anedhivehirajje— ahmed shaheed (@ahmedshaheed) May 8, 2014***************************************************************@FarahDidi And upon marriage she will be subject 2 d most patriarchal n misogynist readings of 4:34 in most Islamic states @anedhivehirajje— ahmed shaheed (@ahmedshaheed) May 8, 2014
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ